ސިނގިރޭޓު އެތެރެކުރި ކުންފުނީގެ ހިއްސާދާރަކަށް ހުރިއިރު، ގާނޫނާ ޚިލާފު ކަމެއް ކޮށްފައެއް ނޯންނާނެ: ސިރުހާން

ސަން

28 އޮކްޓޯބަރު 2025 | އަންގާރަ | 9:40

"އެގްޒޮޓިކް އެންޓަޕްރައިސަސް" ކުންފުނީގެ ހިއްސާދާރަށް ހުރިއިރު، އެ ކުންފުނިން ގާނޫނާ ޚިލާފު އެއްވެސް މުއާމަލާތެއް ހިންގާފައި ނޯންނާނެކަމުގެ ޔަގީންކަން ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާން ރޭ ވިދާޅުވެއްޖެއެވެ.

ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރިއިރު، "އެގްޒޮޓިކް އެންޓަޕްރައިސަސް" ކިޔާ ކުންފުނީގެ ހިއްސާ، މެންބަރު ސިރުހާންއަށް ދީފައިވާކަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހާމަކުރި ރިޕޯޓަކުން ހާމަވެފައެވެ.

އެކަމާ ގުޅިގެން ސިރުހާން ނެރުއްވި ބަޔާނުގައި ވަނީ، "އެގްޒޮޓިކް އެންޓަޕްރައިސަސް"އާ ގުޅުނުއިރު ވެސް އެ ކުންފުންޏަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެެވެ.

މައުޟޫޢުތަށް