ގެސްޓްހައުސް ވިޔަފާރިކުރަން ހައްޖު ކޯޕަރޭޝަނަށް ހުރަހެއް ނެތް ފަދަ މޭރުމަކުން ސައީދު ވާހަކަ ދައްކަވައިފި
ސަން
28 އޮކްޓޯބަރު 2025 | އަންގާރަ | 11:07
ހައްޖު ކޯޕަރޭޝަނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ޖާގަ އެބައޮތް ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސްގެ ވިޔަފާރިއަށް ހައްޖު ކޯޕަރޭޝަނުން ވަންނަން ކުރަމުންދާ މަސައްކަތް ހުއްޓުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރިތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސުވާލުކުރެއްވުމުން ސައީދު ވިދާޅުވީ، ވިޔަފާރި ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
"ހައްޖު ކޯޕަރޭޝަނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ޖާގަ ލިބޭކަން ފާހަގަކޮށްލަން," އޭނާ ވިދާޅުވިއެވެ.