މާރިޔާގެ ނުރުހުން ޝަހީމާއި ސައީދަށް: މި ނޫނީ މަޖިލީހުގައި ވަޒީރުން ރުންކުރުކޮށް ޖަވާބެއް ނުދެއްވާ
ސަން
28 އޮކްޓޯބަރު 2025 | އަންގާރަ | 12:38
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަޒީރުން ރުންކުރުކޮށް ޖަވާބުދެއްވާ މަންޒަރު މި ނޫނިއްޔާ ނުފެންނަ ކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދި, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.
މީގެ ކުރިން މާލޭ ދާއިރާގެ މެންބަރުކަން ކުރެއްވުމަށް ފަހު، 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުކަން ކުރެއްވި މާރިޔާ 'އެކްސް'ގައި ލިޔުއްވި ގޮތުގައި، އޭނާ މަޖިލީހުގައި ހޭދަކުރެއްވި ހަތަރު ދައުރުގައި ވެސް ވަޒީރުން ރުންކުރުކޮށް މަޖިލީހުގައި ޖަވާބުދެއްވާ މަންޒަރު ފެނިވަޑައިގެންފައިނުވެއެވެ.
ނަމަވެސް، ކޮންމެ ޕާޓީއެއް އިދިކޮޅުގައި އޮތް ކަމުގައިވިޔަސް އަބަދު ވެސް އިދިކޮޅުގައި ތިއްބަވާ މެންބަރުން އިދިކޮޅުގެ އަޑުއިއްވަން އެކި މަސައްކަތް ކުރައްވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.