އުފެއްދުންތެރިކަމާ އަޅައިބަލާއިރު، ދަރަނީގެ ނިސްބަތް 106 ޕަސެންޓަށް އިތުރުވެއްޖެ

ސަން

28 އޮކްޓޯބަރު 2025 | އަންގާރަ | 12:32

ރާއްޖޭގެ އުފެއްދުންތެރިކަމާ އަޅައިބަލާއިރު، މިޙާރު ރާއްޖޭގެ ޖުމްލަ ދަރަނީގެ ނިސްބަތް 106 ޕަސެންޓަށް އުފުލިފައިވާކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އިއްޔެ ވަނީ، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް މާލީ ގޮތުން ފާހަގަވާ މުހިންމު ކަންކަން ހާމަކޮށް ތަފާސްހިސާބުތައް ނެރެފައެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި، ޖުމްލަ 127.8 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ ދެ ޕަސެންޓު އިތުރު އަދަދެކެވެ. މި ކަމުން ހާމަވަނީ އިގްތިޞާދީ ދުވެލި ކުރިއެރި މިންވަރަށްވުރެ، ދަރަނީގެ ނިސްބަތް ކުރިއެރި ކަމެވެ.

މައުޟޫޢުތަށް