ފެނަކައިގައި އިހުމާލުވާ މުވައްޒަފުންގެ ޑިޕާޓްމަންޓް ބަދަލުކުރުމަކީ ހައްލެއް ނޫން، ވަކިކުރަން ޖެހޭ: އަބްދުލްޣަފޫރު

ސަން

28 އޮކްޓޯބަރު 2025 | އަންގާރަ | 1:38

ފެނަކަ ކޯޕަރޭޝަންގެ ތެރޭ މިހާރު ވެސް މަސައްކަތަށް ފަރުވާ ކުޑަކޮށް، މަގާމުގެ ނާޖާއިޒު ފައިދާ ބޭނުންކުރާ މީހުން ތިބިއިރު އެ މީހުން މަސައްކަތްކުރާ ޑިޕާޓްމަންޓް ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށާއި، އެ މީހުން މަގާމުގައި ތިބެން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަންގެ އިތުރުން ބޮޑެތި މައްސަލަތަކުގެ ސަބަބުން ބޮއްސުންލާފައިވާ ފެނަކައިގެ އޮޑިޓް ރިޕޯޓުގައި، އެ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައްވައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު މި މަހުގެ ފުރަތަމަ ދުވަހު ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ފެނަކައިގެ ކޮރަޕްޝަންގައި ޝާމިލުވާ މުވައްޒަފުން މިހާރު ވެސް އެ ކޯޕަރޭޝަންގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އެހެންވީމާ މަސައްކަތްކުރާ ޑިޕާޓްމަންޓް ބަދަލުކުރުން އުޒުރެއް ނޫން އެއީކީއެއް، މަސައްކަތްކުރާ ޑިޕާޓްމަންޓް ބަދަލުވުމަކީ އުޒުރެއް ނޫން. މަގާމުތަކުގައި އެތާ ތެރޭގައި އެ މީހުން ތިބެގެން ނުވާނެ،" އަބްދުލްޣަފޫރު ވިދާޅުވިއެވެ.

މައުޟޫޢުތަށް