އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސްކަމަށް ޒަމްއަތު
ސަން
28 އޮކްޓޯބަރު 2025 | އަންގާރަ | 2:45
މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސްކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދު މިއަދު އިންތިޚާބުކޮށްފިއެވެ.
ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން، އާ ކޮމިޝަންގެ ރައީސް ހޮވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި، ނައިބު ރައީސް ހޮވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ ކޮމިޝަނުން މިއަދު ބޭއްވި އަލަތު ބައްދަލުވުމުގައި އޮތީ ކޮމިޝަންގެ ނައިބު ރައީސް ހޮވުމެވެ.
ޒަމްއަތު، އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސް ކަމަށް ހޮވުނުކަން ކަށަވަރުކޮށްދީ އެ ކޮމިޝަންގެ ފަރާތުން 'ސަން'އަށް ބުނީ، ކޮމިޝަންގެ ނައިބު ރައީސްކަމަށް ޒަމްއަތު އިންތިޚާބުވެވަޑައިގަތީ ކުރީގެ މީޑިއާ ކޮމިޝަންގެ ރައީސް ހުސައިން ޘަގީފް އިހުސާނާ ވާދަކުރައްވައި ކަމަށެވެ.