ޑޮލަރު ފޭރުން: ބަންދުކުރިއިރު ވަކީލެއްގެ ހައްގު ނުދޭކަމުގެ ކަންބޮޑުވުން

ސަން

28 އޮކްޓޯބަރު 2025 | އަންގާރަ | 3:23

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖެހީ އެ މީހުންނަށް ގާނޫނީ ވަކީލެއްގެ ހައްގު ނުދީ ކަމަށް، އެ މައްސަލައިގައި ހިމެނޭ ވަކީލަކު މިއަދު ވިދާޅުވެއްޖެއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އިއްޔެ ފަތިހު ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން އިއްޔެ ވަނީ މި މައްސަލައިގައި ހަތަރު މީހުން ހައްޔަރު ކުރިކަން ހާމަ ކޮށްފައެވެ. ޓެކްސީއެއްގައި އެ މީހުން އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ލޯންޗެއްގައެވެ. އެ ލޯންޗު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު 'ސަން'އަށް ބުނީ، ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން މިއަދު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

މައުޟޫޢުތަށް