ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، އޮސްޓްރޭލިއާއިން ކަސްޓަމްސްއަށް ޑްރޯންތަކެއް ހަދިޔާކޮށްފި

ސަން

28 އޮކްޓޯބަރު 2025 | އަންގާރަ | 7:39

ކަސްޓަމްސްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، އޮސްޓްރޭލިއާއިން އެ ޚިދުމަތަށް ސަވެއިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.

ކަސްޓަމްސްއިން ބުނީ، އޮސްޓްރޭލިއާއިން ޑްރޯންތައް ހަދިޔާ ކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އެ ޑްރޯންތައް ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕްއެވެ. އަދި ޑްރޯންތަކާ ހަވާލުވީ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާއެވެ.

މައުޟޫޢުތަށް