ނުވަ މިލިއަން ރުފިޔާ ޚަރަދުވި، ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ނަސްރުގެ ދުވަހު ހުޅުވަނީ
ސަން
28 އޮކްޓޯބަރު 2025 | އަންގާރަ | 7:58
ރާއްޖެއަށް 1988ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ކުޅުދުއްފުށި ސިޓީގައި ހަދާ ހަނދާނީ ބިނާ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މި އަހަރު ހުޅުވާނެކަން އެ ސިޓީގެ ކައުންސިލުން ހާމަކޮށްފިއެވެ.
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ ބިނާ ހަދަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
މި ހަނދާނީ ބިނާއާ ގުޅޭގޮތުން ކުޅުދުއްފުށީ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިޟްވާން މުހައްމަދު ވިދާޅުވީ، ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ ހަނދާނީ ބިނާގައި ހުންނާނީ ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެއް ކަމަށެވެ.