ކުޅިވަރުން މަތީ ފެންވަރުގެ ތަމްރީނު ހޯދުމަށް އެތުލީޓުންނަށް އަހަރަކަށް ތިން ލައްކަ ދޫކުރެވޭ ގަވައިދެއް
ސަން
28 އޮކްޓޯބަރު 2025 | އަންގާރަ | 9:11
އެތުލީޓުންގެ ކުޅިވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދުމަށް އަހަރަކު ގިނަވެގެން ތިން ލައްކަ ރުފިޔާ ކޮންމެ އެތުލީޓަކަށް ދޫކުރެވޭހެން ގަވައިދެއް އާންމުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން އާންމުކުރި އެ ގަވައިދުގެ މަގުސަދެއް ކަމުގައި އޮތީ، ރާއްޖޭގައި ވާދަވެރި ކުޅިވަރު ކުޅޭނެ އެތުލީޓުންނަށް ސަރުކާރުގެ ޚަރަދުގައި ކުޅިވަރުގެ ދާއިރާއިން މަތީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމެވެ.
އޭގެއިތުރުން، އެތުލީޓުންގެ ތަމްރީނުތަކަށް އެހީތެރިވުމަށް ބޭނުންވާ ޓެކްނިކަލް އެކްސްޕާޓުން ތަމްރީނު ކުރުމުގެ ކަންކަން ހަމަހަމަކަމާ އެކީ ތަންފީޒުކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.