ހައިކޯޓުން އަމުރެއް ނެރުން ހިމެނޭ ގޮތަށް، މަސްދަރު ހާމަކުރަން އެންގޭ އިތުރު ހާލަތްތައް ހިމެނޭ އިސްލާހެއް

ސަން

28 އޮކްޓޯބަރު 2025 | އަންގާރަ | 10:27

ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އެންގޭ އިތުރު ހާލަތްތަކާ އެކީ، އެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މާދަމާގެ ޖަލްސާއަށް އެ ބިލުގެ މަސައްކަތް އެޖެންޑާކޮށްފިއެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމެވެ.

އެ ބިލުގައި ވަނީ، ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން، ނޫސްވެރިޔާ މަސްދަރު ހާމަކުރުމަކީ ކުށަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމަ، މަސްދަރު ހާމަކުރުމަށް އަމުރެއް ނެރެދިނުމަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށް ބިލުގައިވެއެވެ.

މައުޟޫޢުތަށް