ގޯނާގެ 41 މައްސަލަ މިދިޔަ މަހު ރިޕޯޓުކުރީ ކުޑަކުދިން އަމިއްލައަށް

ސަން

28 އޮކްޓޯބަރު 2025 | އަންގާރަ | 11:29

ނިމުނު ސެޕްޓެމްބަރު މަހު، ގޯނާގެ 41 މައްސަލަ ކުޑަކުދިން އަމިއްލައަށް ރިޕޯޓުކުރި ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުގައި ވަނީ، ކުޑަކުދިންނާ ގުޅޭ 241 މައްސަލަ މިދިޔަ މަހު ހުށަހަޅައިގެން އެޓެންޑުވެފައިވާ ކަމަށެވެ.

އެ މަހުގެ ތެރޭގައި، 1،770 މައްސަލަ ގުޅައިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރެއިން، 41 މައްސަލަ ރިޕޯޓުކުރީ ކުޑަކުދިން ކަމަށްވާއިރު، ބޮޑު މީހަކު ގުޅައިގެން 1،370 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި، ކާކުކަން ނޭނގޭ ގޮތަށް 389 މައްސަލައެއް ވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

މައުޟޫޢުތަށް