ކޯޓުތަކުން އެކި މީހުން ތަފާތުކުރާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސަން

29 އޮކްޓޯބަރު 2025 | ބުދަ | 10:06

ޝަރުއީ ކޯޓުތަކުން އެކި ރައްޔިތުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފިއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ ކުއްލި މައްސަލައެއްގެ ޝަރުތު ފުރިހަމަވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވާފައެވެ.

މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، އެއްވެސް މީހަކާ މެދު ތަފާތުކޮށްގެން ނުވާނެކަން ގާނޫނުއަސާސީން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެކަމަކު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގަސްތުގައި އެކި މީހުން ތަފާތުކުރާކަން މި ފަހުން ފާހަގަކުރެވިފައިވާ ކަމަށް އޭނާގެ މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.

މައުޟޫޢުތަށް