ހުސްނީ ޖޭއެސްސީއަށް އައްޔަން ކުރެއްވުމުން, ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ސައްތާރު

ސަން

29 އޮކްޓޯބަރު 2025 | ބުދަ | 1:57

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ހުންނެވި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރަން ރުހުން ދިނުމުން، އެ ކޮމިޓީން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޓީއަށް އައު މުގައްރިރަކާއި ނައިބު މުގައްރިރެއް މިއަދު ހޮވައިފިއެވެ.

ހުސްނީ މުބާރިކު ޖޭއެސްސީއަށް އައްޔަންކުރަން މަޖިލީހުން އިއްޔެ ރުހުން ދިނީ، ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރި ރިޒާ ހުކުރު ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް އަންގަވާފައިވެއެވެ. ނަމަވެސް ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

މައުޟޫޢުތަށް