ގޯތިތައް އަތުލަން ފަލާހް ތާއީދު، އެކަމަކު ރަސްމީ ހައިސިއްޔަތުން ވިދާޅުވީ ދޭނެ ކަމަށް

ސަން

29 އޮކްޓޯބަރު 2025 | ބުދަ | 1:01

މާލޭ ރައްޔިތުންނަށް މިދިޔަ ސަރުކާރުގައި ހިލޭ ބަހާލި ގޯތިތައް އަތުލަންޖެހޭ ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި އެ ކަމަށް ރަސްމީ ހައިސިއްޔަތުން ދެކޮޅު ކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވާހަކަދައްކަވައިފިއެވެ.

އޭނާ ވަނީ މާލޭން ހިލޭ ގޯތިތައް ބެހުމުން 13 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ވިދާޅުވެ، އެ ގޯތިތައް ދައުލަތަށް ނަގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، ނޫސްތަކުގައި އެ ޚަބަރު ޖެހުމާ އެކު ގިނަ ބަޔަކު ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ.

މައުޟޫޢުތަށް