ސިއްރު ލިޔުމަށް ބަލައި 2 ކޮމިޝަނަރުން ވަކިކުރުމަކީ އުންމީދު އާވާ ކަމެއް: ނާޒިމް

ސަން

29 އޮކްޓޯބަރު 2025 | ބުދަ | 3:37

ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިއްރު ލިޔުމަށް ބަލައި، ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރުމަކީ އުންމީދު އާވާ ކަމެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

އެއީ، ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެވެ. ދެ ބޭފުޅުންނަކީ ވެސް 32 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމްސްއަށް ޚިދުމަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަބްދުﷲ ވަހީދު އައްޔަންކުރީ ޖަނަވަރީ 3، 2024 ގައެވެ. މަހުމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރެވެ.

މައުޟޫޢުތަށް