އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރާނެ ތަކެތި ދިރާސާކުރާނެ ބަޔަކު ހޯދަނީ
ސަން
29 އޮކްޓޯބަރު 2025 | ބުދަ | 7:03
އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޒާތުގެ، ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތީގެ ދިރާސާއެއްކުރާނެ ފަރާތެއް ހޯދަން ތިމާވެއްޓާ ބެހޭ ވުޒާރާއިން އިއްޔެ އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން މި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ދަރުބާރުގޭގައި ހުންނަ އެ މިނިސްޓްރީގެ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ.
ހަމަ އެ ދުވަހު 10:05 ގައި، ހުށަހަޅާފައިވާ ބީލަންތައް ހާޒިރުވި ފަރާތްތަކުގެ ހާޒިރުގައި ހުޅުވާނެކަމަށް ވެސް އެ އިއުލާނުގައިވެއެވެ.