މިލަންދޫ ފުލުހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރި މައްސަލައިގައި ހަތަރު ފުލުހަކު ވަކިކުރަނީ
ސަން
29 އޮކްޓޯބަރު 2025 | ބުދަ | 9:07
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައިގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާދީފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލްސް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށްފަހު ހަތަރު ފުލުހަކު ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ.
އަދި އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ފުލުހުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރުމަށް ވެސް ޑިސިޕްލިނަރީ ބޯޑުން ލަފާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.