އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން އިންޑިއާއާ އެކު މަޝްވަރާކޮށްފި
ސަން
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:22
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން ދިވެހިރާއްޖެއިން އިންޑިއާއާ އެކު މަޝްވަރާކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި އޮތް އަށްވަނަ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) އެސެމްބްލީގެ ހަވާސާގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޙުސައިން ޢަޤީލް ނަޞީރު ވަނީ އިންޑިއާގެ އިޔާދަކުރަނިވި ހަކަތަ، ކޮންސިއުމަރުންގެ ކަންތައްތައް، ކާނާ އަދި އާންމު ބެހެނިވެރިކަމާ ބެހޭ މިނިސްޓަރު ޝްރީ ޕްރަލްހާދު ވީ ޖޯޝީއާ ބައްދަލުކުރައްވާފައެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ގައުމުން ވާހަކަދެއްކީ އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ކަމަށެވެ.