އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުން: އަންހެނުން އަހަރަކު އެއް ފަހަރު މެމޮގްރާމް ހަދަން ސާޖިދާގެ އިލްތިމާސެއް
ސަން
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 5:42
ހުރިހާ އަންހެނުން، ޚާއްސަކޮށް 40 އަހަރުން މަތީގެ އަންހެނުން އަހަރަކު އެއް ފަހަރު މެމޮގްރާމް ހެއްދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ހަވަނަ، "ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ކަމަނާގެ ވާހަކަފުޅުގައި، ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއްކަމަށާއި، އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެން މީހުންނަށް ހިތްވަރު ހޯދޭކަން ފާހަގަކުރެއްވިއެވެ.