ކަންބޮޑުވުން ފާޅުކުރުމުން، މީޑިއާތަކަށް ފައިސާ ދިނުން އާ ކޮމިޝަނާ ހަވާލުކޮށްފި

ސަން

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:19

ދައުލަތުގެ ބަޖެޓުން 18 މީޑީއާއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން އިއުލާނުކޮށް، އެ ފައިސާ ދޭން ނިންމި ގޮތަށް ޝަކުވާކުރަން ފެށުމުން, އެ ނިންމުން ޔޫތު މިނިސްޓްރީން މިއަދު ބާތިލުކޮށްފިއެވެ.

އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.

އެ ލިސްޓު އާންމު ކުރުމާ އެކު ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީހުންގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

މައުޟޫޢުތަށް