ބަޖެޓު 2026: 26 ބިލިއަން ހޯދަންޖެހޭއިރު 13 ބިލިއަން ދަރަނި ދައްކަން

ސަން

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:32

ކުރީ ސަރުކާރުތަކުން ނަގާފައިވާ ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، އަންނަ އަހަރުގެ ބަޖެޓަށް ފައިނޭންސިން ހޯދަންޖެހޭ މިންވަރު 26.3 ބިލިއަން ރުފިޔާއަށް އުފުލޭނެކަމަށް އަންދާޒާކުރެވޭއިރު މީގެ ތެރެއިން، ދަރަނި އަދާކުރުމަށް ޖުމުލަ 12.9 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ, 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ⁠މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ.

އެހެން ކަމުން އެހެން ސަރުކާރުތަކުން ނަގާފައިވާ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި ބަލާނަމަ އަންނަ އަހަރުގެ ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެކެވެ.

މައުޟޫޢުތަށް