އަންނަ އަހަރު ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފި

ސަން

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:50

އަންނަ އަހަރު މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު ރަސްމީ ރިޒާވްގައި ހުރީ 838.6 މިލިއަން ޑޮލަރެވެ. އޭގެ ކުރިން މިދިޔަ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރީ އެންމެ 673.9 މިލިއަން ޑޮލަރެވެ.

މައުޟޫޢުތަށް