މާލޭގެ އެންމެ ޒަމާނީ މިސްކިތުގެ ގޮތުގައި، ބޮޑުގެ މިސްކިތް އިމާރާތްކުރަން ފަށައިފި

ސަން

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:50

މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 'މަސްޖިދުއް ދައުވާ'ގެ ނަން ދިނުމަށް ހަމަޖެހިފައިވާ އެ މިސްކިތުގައި 1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށެވެ.

އެ މިސްކިތުގައި މައި ނަމާދު ކުރާ ބަޔާއި ވުޟޫ ކުރާ ސަރަޙައްދާއި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު, އަންހެނުން ނަމާދު ކުރާ ބަޔަކާއި އިއުތިކާފް ސަރަޙައްދެއް ހަދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް