މީޑިއާތަކަށް ފައިސާ ދޭއިރު، އިވެންޓުތައް ކަވަރުކޮށް ލިޔުންތައް އުފައްދާ މިންވަރަށް ބަލަން ޖެހޭ: ހިރިގާ
ސަން
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:22
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭއިރު، އެ މީޑިއާއަކުން އިވެންޓުތައް ކަވަރުކޮށް ލިޔުންތައް އުފައްދާ މިންވަރަށް ބަލަން ޖެހޭ ކަމަށް، 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ޒާހިރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އެހީތެރިކަން ދޭންވާނީ މަސްލަހަތު ފުށޫނާރާ، އަދި ސަރުކާރުގެ ބައިވެރިވުން ކުޑަ ޕެނަލެއްގެ ދަށުން ގާއިމްކުރާ މިންގަނޑުތަކެއްގެ ތެރެއިންނެވެ.
އެގޮތުން އެ މިންގަނޑުތަކުގެ ތެރޭގައި އެ މީޑިއާއަކުން މުޖުތަމައަށް އަސަރު ކުރާ މިންވަރު ދެނެގަންނަން ޖެހޭނެ ކަމާއި، މީޑިއާއެއްގައި ތިބި މުވައްޒަފުންގެ އަދަދާއި ޕެންޝަނަށް ފައިސާ ކަނޑާތޯއާއި ބޭންކު މެދުވެރިކޮށް މުސާރަ ޖަމާކުރޭތޯއާއި އެކި އިވެންޓުތައް ކަވަރުކުރާ މިންވަރަށް ރިއާޔަތްކުރުން ހިމަނަން ޖެހޭކަން ޒާހިރު ފާހަގަކުރެއްވިއެވެ.