ޕީއެންއެފްގެ ރައީސަކީ ޔާމީން، ނައިބުންނަށް ޖަމީލާއި ދަރިކަލުން ޒެއިން
ސަން
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:51
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސްކަމަށް އެ މަނިކުފާނު، އަދި އެ ޕާޓީގެ ނައިބުންނަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ދަރިކަލުން ޒެއިން އަބްދުالله ޔާމީން ހޮވިއްޖެއެވެ.
ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާ ބާއްވައި، މަގާމުތަކަށް މެންބަރުން ހޮވުން އޮތީ މިރެއެވެ.
އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވީ ޔާމީން އެކަންޏެވެ. އަދި ނައިބުންނަށް ވާދަކުރެއްވީ ޖަމީލާއި ޒެއިން އެކަންޏެވެ. އެހެންވެ އޮޓޮމެޓިކުން ތިން ބޭފުޅުންވެސް ވަނީ މަގާމުތަކަށް އިންތިޚާބުވެވަޑައިގެންފައެވެ.