ޞާލިޙް: ރެކޯޑު ބަޖެޓުގައި އެއްވެސް ތަފްސީލެއް ނެތް، މަޝްރޫއުތައް ހިންގާނީ ކިހިނެއްތޯ؟

ސަން

31 އޮކްޓޯބަރު 2025 | ހުކުރު | 12:02

ސަރުކާރުން ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު މަޝްރޫއުތައް ހިންގާނެ ގޮތުގެ އެއްވެސް ތަފްސީލެއް ނުހިމަނާކަމަށް ވިދާޅުވެ، ސަރުކާރުން މަޝްރޫއުތައް ހިންގާނީ ކިހިނެއްތޯ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ސުވާލު އުފައްދަވައިފިއެވެ.

'ހޯރަފުށި ދުވަސް' ފާހަގަކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވިދާޅުވީ، އެމަނިކުފާނު 2018ގައި ވެރިކަމާ ހަވާލުވިއިރު އޮތީ މާލެ ވަށާ އެނބުރޭ އިގްތިސޯދެއް ކަމަށާއި، ނަތީޖާއަކަށްވީ ރަށްރަށުން މީހުން މާލެ އައިސް މާލެ ތޮއްޖެހިގެން ދިއުން ކަމަށެވެ. ޞާލިޙް ވިދާޅުވީ މާލޭގައި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވޭނީ ރަށްރަށުން ޚިދުމަތްތައް ލިބޭގޮތް ހަދައިގެން ކަމަށެވެ.

މަޝްރޫއުތައް ހިންގޭނީ ރޭވުންތެރިކަމާއެކީ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން މަޝްރޫއުތައް ހިންގީ ފައިސާ ހޯދައި ކުރެހުންތައް ކުރެހުމަށް ފަހު ކަމަށް ވިދާޅުވެ، ހޯރަފުށީގެ މަގުތަކުގެ ފުރަތަމަ ފިޔަވަހި ނިމުނީވެސް އެހެންވެ ކަމަށް، ވިދާޅުވިއެވެ.

މައުޟޫޢުތަށް