ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ: ޔާމީން
ސަން
31 އޮކްޓޯބަރު 2025 | ހުކުރު | 1:42
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި, ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސްކަމުގެ މަގާމާ ރަސްމީކޮށް ހަވާލުވެލެއްވި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ ޝަރީއަތްތަކުން ސަލާމަތްވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ކަން ހިނގާގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެ ބޭފުޅުން ދައްކަވާ ވާހަކައަކީ ޔާމީންގެ ނަން ވޯޓް ކަރުދާހުގައި ނޯންނާނެ ވާހަކަ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ނަމަވެސް ކަން ވާނީ އެހެން ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.