ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅަކަށް ޑރ. އައިމިނަތު ޒާހިރު
ސަން
31 އޮކްޓޯބަރު 2025 | ހުކުރު | 1:49
ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅަކަށް ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފިއެވެ.
އެ ސަނަދު ޑރ. އައިމިނަތު ޒާހިރަށް އެރުވީ، އިއްޔެ ގައުމީ ޔުނިވާސިޓީގައި އޮތް ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. އެހެންވެ، ދިވެހި ބަހުގެ ދާއިރާއިން އެންމެ މަތީ ސަނަދެއް މިހާރު އޮތް ބޭފުޅަކީ އޭނާއެވެ.
ގައުމީ ޔުނިވާސިޓީން 2019ގައި ފެށި، އެ ޕީއެޗްޑީ ޕްރޮގްރާމުގެ ތީސީސް އައިމިނަތު ލިޔުއްވާފައި ވަނީ، ދިވެހި ބަހުންނެވެ. ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކިވިދާތުގެ ވޭދަނަ ދިރާސާގެ ނަމުގައި އައިމިނަތު ތީސީސް ބިނާކުރެއްވީ، ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރި ކަމަށެވެ. އޭނާ ވަނީ، އެ ތީސީސް އެމްއެންޔޫއަށް ހަދިޔާ ކުރައްވާފައެވެ.