އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
ސަން
31 އޮކްޓޯބަރު 2025 | ހުކުރު | 3:24
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް މިއަދު ކަރަންޓު ކަނޑަން ފަށައިފިއެވެ.
އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި 12:56ގައި ބުނެފައި ވަނީ، ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މަރަދޫއާއި ފޭދޫ އިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެގޮތުން، މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ޓެކަނިކަލް ޓީމުން ކުރާ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.