އަންނަ އަހަރު ބޭސްފަރުވާގެ ޚިދުމަތުގެ ބަޖެޓަށް އިތުރުވީ ހަތަރު އިންސައްތަ

ސަން

31 އޮކްޓޯބަރު 2025 | ހުކުރު | 5:57

އަންނަ އަހަރު ބޭސްފަރުވާގެ ޚިދުމަތަށް އެއް ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، އިއްޔެ ފިނޭންސް މިނިސްޓްރީން ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވަނީ، ސިއްހީ ދާއިރާއަށް 8.8 ބިލިއަން ރުފިޔާ ހިމަނާފައެވެ.

އޭގެތެރެއިން، ބޭސްފަރުވާގެ އެހީއާއި ސިއްހީ އާލަތްތަކަށް ބޮޑު ޚަރަދެއް ވަނީ ހިމަނާފައެވެ. އެކަންކަމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. ބޭސްފަރުވާއަށް 894 މިލިއަން ރުފިޔާއާއި އެހެނިހެން ސިއްހީ ތަކެތި ގަތުމަށް ވަނީ 206 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

މައުޟޫޢުތަށް