ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ސަން
31 އޮކްޓޯބަރު 2025 | ހުކުރު | 6:08
މާދަމާ ފެށޭ، ނޮވެންބަރު މަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ޖޮބް މެޓްރިކްސްގައި ވަނީ، އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތަކުގެ ތަފުސީލުތައް ހިމަނާފައެވެ.
އޭގެތެރޭގައި، ބިޒްނަސް އެޑްމިނިސްޓްރޭޓިވްއާއި ތައުލީމާއި ސިއްހީ ދާއިރާގެ އިތުރަށް އެހެނިހެން ސިވިލް ސާވިސް ދާއިރާތައް ހިމެނެއެވެ. އެ ދާއިރާތަކުގެ ތެރެއިން، އިދާރީ މުވައްޒަފުންނާއި ފިސްކަލް އެނަލިސްޓުންނާއި އެކައުންޓެންޓުންނާއި މީޑިއާ ކޮމިޝަނުގެ މުވައްޒަފުންނާއި އޭވިއޭޝަން ކޮމާންޑުގައި ހަރަކާތްތެރިވާ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ.