ޖީލަކަށް ދުންފަތް މަނާވުމަކީ ދުޅަހެޔޮ ޖީލެއް ބުނާކުރުމަށް އެޅޭ ތާރީޚީ ބިންގަލެއް: ނާޒިމް

ސަން

31 އޮކްޓޯބަރު 2025 | ހުކުރު | 8:13

ޖެނެރޭޝަނަލް ބޭން ނުވަތަ ޖީލަކަށް ދުންފަތް މަނާވުމަކީ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅޭ ތާރީޚީ ބިންގަލެއްގެ ގޮތުގައި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް މިއަދު ސިފަކުރައްވައިފިއެވެ.

'ޖެނެރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ އެންމެންނަށް މި ފެށޭ ނޮވެންބަރުން ފެށިގެން ސިނގިރޭޓު މަނާ ކުރާ ބިލު މިދިޔަ މޭ މަހުގެ 21ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ.

މާދަމާއިން ފެށިގެން ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަން ފެށުން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަމަށެވެ.

މައުޟޫޢުތަށް