ޖީލަކަށް ދުންފަތް މަނާކުރުމާއި މުސާރަތައް ބޮޑުކުރުމުން ފައިދާވާނެ އެންމެންނަށް ރައީސްގެ މަރުހަބާ

ސަން

1 ނޮވެމްބަރު 2025 | ހޮނިހިރު | 10:36

ޖީލަކަށް ދުންފަތް މަނާކުރުމުންނާއި ކަށިމިޔަރުގެ ވިޔަފާރިކުރުމަށް ހުއްދަ ދިނުމުންނާއި ސިވިލް ސާވަންޓުންގެ މުސާރަތައް ބޮޑުކުރުމުން ފައިދާ ކުރާނެ ދިވެހީންނަށް, ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު މަރުހަބާ ދަންނަވައިފިއެވެ.

އެ ތިން ކަންތަކަށް އަމަލުކޮށް، ތަންފީޒު ކުރަން ފަށާފައި ވަނީ މިއަދެވެ.

އެކަން ފާހަގަކުރައްވައި، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ކަންތައްތައް ހަގީގަތަށް ހެދުމުގައި މަސައްކަތްކޮށްދެއްވައި، އެއްބާރުލުން ދެއްވި ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ. އެ ކަންތައްތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނެ ހުރިހާ ދިވެހީންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މައުޟޫޢުތަށް