ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދިވެހި ޓީޗަރެއް ހައްޔަރަށް
ސަން
1 ނޮވެމްބަރު 2025 | ހޮނިހިރު | 2:51
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދިވެހި ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި ސުކޫލު ޓީޗަރަކު ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި، ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަމަށެވެ.
އެ ތުހުމަތުގައި ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.