އިތުރު ވަގުތުގެ އެލަވަންސް ކެޕްކުރީ ހަމައެކަނި މުސާރަ އިތުރުކުރުމުގެ ނިޔަތް ދޫކުރުވަން: ފިނޭންސް މިނިސްޓްރީ
ސަން
1 ނޮވެމްބަރު 2025 | ހޮނިހިރު | 6:59
އިތުރު ވަގުތުގެ ފައިސާ، މުސާރައިގެ 10 ޕަސެންޓަށް ވުރެ އިތުރަށް ނުދޭ ގޮތަށް ނިންމީ ހަމައެކަނި މުސާރަ ދިނުމުގެ ނިޔަތުގައި މުސާރަ އިތުރުކުރުމުގެ ނިޔަތް ދޫކޮށްލާގޮތް ހެދުމަށް ކަމަށް، ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، މި ބަދަލު ގެންނަން ނިންމި ސަބަބަކީ ސިވިލް ސާވަންޓުން އަދާކުރާ ވަޒީފާގެ މުސާރައަކީ އެ މަސައްކަތަށް އެކަށޭނެ މުސާރައަކަށް ހެދުމަށް ކަމަށެވެ.
މި ބަދަލު ގެނައި އިތުރު ސަބަބުތަކެއް ކަމަށް މިނިސްޓްރީން ބުނީ، ސިވިލް ސާވަންޓުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި 'ވޯކް ލައިފް ބެލެންސް'އެއް ގެންގުޅުމަށް ބާރު އެޅުމާއި، ވަޒީފާގެ ރަސްމީ ވަގުތު ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމާއި ބައެއް މަސައްކަތްތަކުގެ ބާވަތުން މުވައްޒަފުންނަށް ލުއިފަސޭހަ ގަޑިތައް ހަމަޖައްސައިދީ ބޭކާރުވާނެ ވަގުތު ސަލާމަތްކުރުމުގެ ގޮތުން ކަމަށެވެ.