މިދިޔަ މަހު ސްކޭމްގެ 165 މައްސަލަ، 1.3 މިލިއަން ރުފިޔާ ގެއްލުނު

ސަން

1 ނޮވެމްބަރު 2025 | ހޮނިހިރު | 9:01

މިދިޔަ މަހުގެ ތެރޭގައި 165 ސްކޭމް މައްސަލަ ހުށަހަޅާފައިވާއިރު، މި މައްސަލަތަކުގައި 1.3 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ތެރޭގައި ފުލުހަށް ހުށަހަޅާފައިވާ ސްކޭމް މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެގޮތުން އީ-ކޮމާސް ގެ 86 ސްކޭމްގެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ކަރަންސީ އެކްސްޗޭންޖު ސްކޭމްގެ 25 މައްސަލަ، އިންޕާސަނޭޝަން ސްކޭމްގެ 17 މައްސަލަ، ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 15 މައްސަލައިގެ އިތުރުން އެހެނިހެން 22 ސްކޭމް ތަކުގެ މައްސަލަ ހިމެނެއެވެ.

މި ސްކޭމްތަކުން 1.3 މިލިޔަން ރުފިޔާ ގެއްލިފައިވާއިރު އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ އެންމެ ހަތަރު ލައްކަ ރުފިޔާއެވެ.

މައުޟޫޢުތަށް