'ސްމާޓް ހޯނޑެއްދޫ' މަޝްރޫއަށް ތަޖުރިބާ ހޯދަން ކައުންސިލުން އިންޑިއާއަށް
ސަން
2 ނޮވެމްބަރު 2025 | އާދިއްތަ | 1:23
ގދ. ހޯނޑެއްދޫ ޑިޖިޓަލައިޒް ކުރުމަށް ރާވާފައިވާ 'ސްމާޓް ހޯނޑެއްދޫ' މަޝްރޫއަށް ތަޖުރިބާ ހޯދަން އެ ރަށު ކައުންސިލުން އިންޑިއާއަށް ދަތުރެއް ފަށައިފިއެވެ.
ހޯނޑެއްދޫ ކައުންސިލުން، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ވަފުދަކާއެކު އިއްޔެ އިންޑިއާއަށް ފުރައިފައިވަނީ، މާދަމާއިން ފެށިގެން މި މަހުގެ 14އަށް އެ ގައުމުގައި ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވުމަށެވެ. އެ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވަނީ މިނިސްޓްރީންނެވެ.
ހޯނޑެއްދޫ ކައުންސިލުން ބުނީ އެ ޕްރޮގްރާމް ހިންގަނީ އިންޑިއާގެ އުއްތަރަޚަންދު ސްޓޭޓްގެ މަސޫރީ އަވަށުގައި ކަމަށެވެ.