މި އަހަރަށް ބަޖެޓުކުރިވަރާ ގާތަށް ވެސް ހިލޭ އެހީ ނުލިބި، އަންނަ އަހަރުގެ އަންދާޒާ ދަށްކޮށްފި
ސަން
2 ނޮވެމްބަރު 2025 | އާދިއްތަ | 3:58
އަންނަ އަހަރު ހިލޭ އެހީއަށް 374 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
ރާއްޖޭގެ އިގުތިޞާދީ ހާލަތު ދަށްވެ، ހިލޭ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާއިރު، މިއަހަރަށް ފިނޭންސް މިނިސްޓްރީން ލަފާކުރީ، 2.6 ބިލިއަން ރުފިޔާ ހިލޭ އެހީއަށް ހޯދޭނެ ކަމަށެވެ. އެކަމަކު، އަހަރު ނިމެން ދެ މަހަށް ވުރެ މަދު ދުވަސްކޮޅަށްވީއިރު، މިހާތަނަށް ލިބިފައި ވަނީ އެންމެ 400 މިލިއަން ރުފިޔާއެވެ. އެހެންވެ، މިއަހަރަށް ލަފާކުރި އަދަދުގެ 85 ޕަސެންޓު ވެސް އަދި ނުލިބެއެވެ.
މި އަހަރާ ޚިލާފަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި، ޖުމުލަ ހިލޭ އެހީއަށް ލިބޭނެ ކަމަށް ހިމަނާފައި ވަނީ، 374 މިލިއަން ރުފިޔާއެވެ. އެއީ، އަންނަ އަހަރަށް ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ 0.5 ޕަސެންޓެވެ.