ސުކޫލުތަކުން ވޭޕް ސްޓިކް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ: މިނިސްޓަރު ޝަފީއު

ސަން

2 ނޮވެމްބަރު 2025 | އާދިއްތަ | 4:37

ކުރިއާ އަޅާބަލާއިރު، މާލެ ސަރަހައްދުގެ ސުކޫލުތަކުން މިހާރު ވޭޕް ސްޓިކް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދެހާސް ހަތެއްގައި އުފަންވި، އަދި އުފަންވާ ކުދިންނަށް، އިއްޔެއިން ފެށިގެން ސިނގިރޭޓު ވަނީ މަނާކޮށްފައެވެ. އެ ފިޔަވަޅު ތަސްދީގުކުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޓެލެތޯންގައި މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދުގެ ސުކޫލުތަކުން މީގެކުރިން ދުވާލަކަށް 50އާއި 60 ވަރަކަށް ވޭޕް ސްޓިކް ފެންނަ ކަމަށެވެ.

އެއާ ޚިލާފަށް، މިހާރު ނުފެނެއޭ ބުނާ ވަރަށް ސުކޫލުތަކުން ވޭޕް ފެނުން މަދުވެއްޖެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މައުޟޫޢުތަށް