ގައުމުގެ ސުލްހައަށް ބުރޫއަރާފާނެ ހަމަލަތަކުން ދިފާއުކުރުމުގެ އަޒުމުގައި ތިބުމަށް ސިޔާމް އެދިވަޑައިގެންފި
ސަން
2 ނޮވެމްބަރު 2025 | އާދިއްތަ | 6:48
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސުލްހައަށް ބުރޫއަރާނެ އެންމެހާ ހަމަލާތަކުން ގައުމު ދިފާއުކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭގެ) ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ، މީގެ 37 އަހަރުކުރިން ނޮވެމްބަރު 3، 1988ގެ ފަތިހުގެ ވަގުތެއްގައި ދިވެހީންގެ މަދު ބަޔަކު އަޑީގައި ތިބެ ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ މި ފަހުގެ ތާރީޚުގައި ދިވެހީންގެ މިނިވަންކަމާއި ސިޔާދަތަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ.
ސިޔާމް ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް ދިވެހީންގެ ހިތުން ފިލައިގެން ނުދާނެ ކަމަށެވެ.