ދެކުނު ކޮރެއާގައި މާސްޓާސް ހަދަން ސްކޯލާޝިޕްގެ ފުރުސަތުތަކެއް
ސަން
2 ނޮވެމްބަރު 2025 | އާދިއްތަ | 8:32
ދެކުނު ކޮރެއާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން އިއްޔެ ސްކޯލާޝިޕްގެ ފުރުސަތުތައް ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، ސަރުކާރާއި ކޮރެއާ އިންޓަނޭޝަނަލް އޭޖެންސީ (ކޮއިކާ) ގުޅިގެން ވަނީ ދެކުނު ކޮރެއާގައި ފަސް ދާއިރާއަކުން ފަސް ޔުނިވާސިޓީއެއްގައި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ ދާއިރާތަކަކީ ޖެންޑާ އީކުއަލިޓީއާއި ސްމާޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީއާއި ގްލޯބަލް އެޑިއުކޭޝަން ލީޑާޝިޕާއި ޓެކްސް އެންޑް ފީސަލް ޕޮލިސީއާއި ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯމެވެ.