ނަސްރުގެ ދުވަސް ފާހަގަކުރަން މާލެއާއި ތިނަދޫގައި ސިފައިންގެ ޚާއްސަ ހަރަކަތްތަކެއް

ސަން

2 ނޮވެމްބަރު 2025 | އާދިއްތަ | 9:53

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލެއާއި ތިނަދޫގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގައި މާދަމާ ބޮޑު ޖަމާއަތުގައި ފަތިސް ނަމާދަށް ފަހު ކަމަށެވެ.

އެއަށްފަހު އެ ދުވަހުގެ ހެނދުނު، 6:00 ޖަހާއިރު ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށާއި، އޭގެ ފަހުން ހެނދުނު 9:00 ޖަހާއިރު ސޯޝަލް ސެންޓަރުގައި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ޒުވާނުންގެ މަރުކަޒުގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މައުޟޫޢުތަށް