އެއާޕޯޓުން ޑޮލަރު ފޭރުން: ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް
ސަން
2 ނޮވެމްބަރު 2025 | އާދިއްތަ | 10:05
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދު މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފިއެވެ.
މި ހާދިސާ ހިނގީ މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރު އެއާޕޯޓުގައެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު, ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން ވަނީ މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރިކަމަށް ބުނެފައެވެ.