"މާލޭން ވަކިވެ، ހުޅުމާލެ ވަކިން އޮތުމަކީ އެންމެ ރަނގަޅު ގޮތް"
ސަން
2 ނޮވެމްބަރު 2025 | އާދިއްތަ | 11:25
މާލެ ސިޓީގެ އިހްތިސޯސުން ވަކިވެ، ވަކި ސިޓީއެއްގެ ގޮތުގައި ހުޅުމާލެ އޮންނަން ތާއީދުކުރައްވާކަން، ހުޅުމާލޭގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ހާމަކުރައްވައިފިއެވެ.
ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގައި އޮތުމާ މެދު 'ސަން'އިން ސުވާލުކުރުމުން، އިދިކޮޅު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން ނިޔާޒް ވިދާޅުވީ، ހުޅުމާލެ މާލެއާ ވަކިނުވެ، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުރި ނާރާނެ ކަމަށެވެ.
އެމްޑީޕީގެ ކުރީ ސަރުކާރުގެ އިތުރުން، މި ސަރުކާރަށްވެސް މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ބަދަލުކުރެވިފައިނުވާ ކަން ނިޔާޒް ފާހަގަކުރެއްވިއެވެ.