ބަނދަރު ސަރަހައްދުން ކޮޅުވެއްޓި ބަންޑުން ޖެހުން: ހާލު ދެރަވި ދިވެހި ޒުވާނާ މަރުވެއްޖެ
ސަން
3 ނޮވެމްބަރު 2025 | ހޯމަ | 9:24
މާލޭ، އެމްޕީއެލްއާ ދިމާ ބޭރުގައި އިއްޔެ މެންދުރުފަހު، ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހަދިސާގައި ހާލު ދެރަވި ޒުވާނާ ވެސް މިއަދު ހެނދުނު މަރުވެއްޖެއެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 15:44ހާއިރެވެ.
ފުލުހުން ބުނީ ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށެވެ. އެ އެންމެން ވެސް ފެނުނުއިރު އޭގެ ތެރެއިން، ހަ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. އެއީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ.