ކޮންމެ މީހަކަށް ތަމްރީނާއި ހަތިޔާރު ނުދެވޭނެ، ސިކުނޑިން ވިސްނަންވީ ގައުމާ އެއްކޮޅަށް: ރައީސް

ސަން

3 ނޮވެމްބަރު 2025 | ހޯމަ | 11:00

ކޮންމެ ރައްޔިތަކަށް އަސްކަރީ ތަމްރީން ދީ، ހަތިޔާރު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެެހެން ނަމަވެސް ގައުމާ އެއްކޮޅަށް ވިސްނުމަކީ ގައުމުގެ މިނިވަަންކަން ހިމާޔަތްކުރުމަށް ކުރަންވީ މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގައުމަށް ޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ޔުނީފޯމް އަޅައިގަން ކުރަން އޮންނަ ކަމެއް ނޫން ކަމަށެވެ. މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި މިނިވަންކަން ނިގުޅައިގަތުމުގެ މަސައްކަތްކުރަނީ ހަމައެކަނި ކަނޑިބަޑިން ނޫން ކަމަށާއި، ނޭނގި ތިއްބާ އެއްބައިވަންތަކަން ގެއްލުވައިލައި މިނިވަންކަން ގެއްލިދިއުމުގެ ބިރު ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

3 ނޮވެމްބަރު 2025: ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވަހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މައުޟޫޢުތަށް