ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މުވައްޒަފުން މަރުވި ހާދިސާ އެމްޕީއެލުން ބަލަނީ

ސަން

3 ނޮވެމްބަރު 2025 | ހޯމަ | 1:37

މާލޭގައި ހުންނަ އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ނިޔާވި މައްސަލަ، އެމްޕީއެލުން ބަލަން ފަށައިފިއެވެ.

ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ހަ މީހަކަށް ފަރުވާދިން އިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުالله އާއި ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ މަސޫދު ހޮސައިނެވެ.

އޭގެ ތެރެއިން މަސޫދު އިއްޔެ ހަވީރު ނިޔާވިއިރު އަފްލާހު ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މައުޟޫޢުތަށް