ފާއިޒް ސަސްޕެންޑް ކުރުމުން އެހެން ގާޒީއަކު ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމަނީ
ސަން
3 ނޮވެމްބަރު 2025 | ހޯމަ | 2:39
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދު ކުރަން ދެކޮޅު ހެދި ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމުން އެހެން ގާޒީއަކާއެކު، ލަމްހާގެ ބަންދާމެދު އަލުން ގޮތެއް ނިންމަން ތާވަލުކޮށްފިއެވެ.
ދެ މަސް ދުވަހަށް ފާއިޒް ސަސްޕެންޑްކޮށްފައިވާއިރު، ބަންދުން ދޫކޮށްލާފައި ހުރި ލަމްހާގެ ބަންދާމެދު އަލުން ގޮތެއް ނިންމުން އޮތީ މާދަމާއަށް ތާވަލުކޮށްފައެވެ.
މޭރީގެ މަރާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރިއެވެ.