މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާންކޮށްދޭ ދުވަސް: ޔާމީން

ސަން

3 ނޮވެމްބަރު 2025 | ހޯމަ | 3:07

ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދުވެރިކަން ދިވެހީންނަށް ހަނދާންކޮށްދޭ ދުވަސް ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު ތިނެއް، 1988ގައި ރާއްޖޭގެ މަދު ބަޔަކު ސްރީލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހީންނަށް ނަސްރު ލިބުނު ދުވަހުގެ މުނާސަބަތުގައި 'އެކްސް'ގައި ޔާމީން ލިޔުއްވިގޮތުގައި، ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަކީ މާތް اللهގެ ހަޟްރަތުގައި ހަމްދާއި ޝުކުރުކުރަން ޖެހޭ ދުވަހެވެ.

އެ ދުވަހަކީ ދިވެހީންގެ ލޭ އޮހޮރުވާލައި، ވެރިކަން ބަދަލުކުރަން ދިވެހީންގެ ބަޔަކު އަޑީގައި ތިބެ މަސައްކަތްކުރި ދުވަސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް